މަސައްކަތް
ނަންބަރު: (IUL) 164/1/2016/93
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 19 ޑިސެންބަރު 2016 10:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެއަރ ކޮންޑިޝަންތައް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަންތައް މަރާމާތުކޮށްދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިޢުލާން ނަންބަރު (IUL)164/1/2016/90 އާ ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޑިސެންބަރު ‏19 ވާ ހޯމަދުވަހުގެ 10:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތަށް (64 ނަންބަރު ކޮށި، ކަލާފާނު ހިނގުން)  ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މި އޮފީހުގެ ވެބްސައިޓް، www.ncit.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އިޢުލާނާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

‏20 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016