މަސައްކަތް
ނަންބަރު: AI/IUL/2016/084
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި: 12 ޑިސެންބަރު 2016 00:00
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ޑޯރ އެކްސެސް ކޮންޓްރޯލް ސިސްޓަމްއެއް ގަނެ، ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކުންފުނީގެ އާ އޮފިސް، ޢުމަރު ޝޮޕިންގ އާރކޭޑް ބިލްޑިންގގައި ޑޯރ އެކްސެސް ކޮންޓްރޯލް ސިސްޓަމްއެއް ގަނެ، ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ޑިސެންބަރު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މި ކުންފުނީގެ ހެޑް އޮފީހަށް (އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ 04 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ ހެނދުނު 10:30 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން މި ކުންފުންޏަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

07 ޑިސެންބަރު 2016