ޢާންމު މަޢުލޫމާތު
ނަންބަރު: (MSG)426-CA/426/2016/1565
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 15 ޑިސެންބަރު 2016 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ އެވޯޑް 2016 އަށް ކުރިމަތިލުން

އިޢުލާން

"އައްޑޫސިޓީ އެވޯޑް 2016" އަށް ކުރިމަތިލުން

އައްޑޫސިޓީ ކައުންސިލުން ތަޢާރަފުކުރާ "އައްޑޫސިޓީ އެވޯޑް 2016" އަށް ޝައުޤުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުއްވުމަށް ކުރެވުނު ނަންބަރު: (IUL)426-CA/426/2016/240 އިޢުލާނުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ.

ވީމާ، މި އެވޯޑަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލް އިދާރާއަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. "އައްޑޫސިޓީ އެވޯޑް 2016" ގެ ޙަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 20 ވާ ހުކުރުދުވަހުގެރެއެވެ. "އައްޑޫސިޓީ އެވޯޑް 2016" ގެ އެވޯޑަށް ކުރިމަތިލުމުގެ އެޕްލިކޭޝަންފޯމު އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. އަދި އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

6 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016