ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މަރާމާތު
1- މި ސްކޫލުގެ 4 އިމާރާތުގެ ދިޔަދޮތްވާއި ފެންހޮޅި ބަދަލުކުރުން
2- ސްކޫލުގެ ކްލާސްރޫމްތަކުގެ 30 ފަންކާ ބަދަލުކުރުން
މި ސްކޫލުގެ އިމާރާތްތަކުގެ ދިޔަދޮތްވާއި ފެންހޮޅި ބަދަލުކުރުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 ޑިސެންބަރު 11 ވަނަ ދުވަހުގެ 11:00 |
2016 ޑިސެންބަރު 15 ވަނަ ދުވަހުގެ 11:00 |
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7983089 ނަންބަރު ފޯނާއެވެ.