މަސައްކަތް
ނަންބަރު: (IUL)/273/273/2016/37
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 22 ޑިސެންބަރު 2016 11:00
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކޮމަޑޭޝަން ބްލޮކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް 8 ކޮޓަރީގެ އެކޮމަޑޭޝަން ބްލޮކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީހިސާބު ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. "އަންދާސީ އަގު ހުށަހަޅާ ފޯމު" މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބިޑް އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

* މަޢުލޫމާތު ސާފުކުރުން

  2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް.

* އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

މި ކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 9606540043+ ފޯނާ ގުޅުއްވުމުން ނުވަތަ މި އިދާރާއަށް ވަޑައިގަތުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

7 ރަބީޢުލްއައްވަލް 1438

06 ޑިސެންބަރު 2016