ދިވެހިރާއްޖެ
އިޢުލާން
މި މަދަރުސާގައި އަލަށް އިމާރާތްކުރާ 4 ކްލާސްރޫމުގެ މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
1- 4 ކްލާސްރޫމް ސީލިންގކުރުން
2- 4 ކްލާސްރޫމުގެ ކަރަންޓް ވައިރިންގ
3- 4 ކްލާސްރޫމުގައި ދިޔަދޮވި ހަރުކުރުމާއި، ނަލަފިލާ ހަރުކުރުން
4- 4 ކްލާސްރޫމުގައި ތަޅުން އަޅައި މުށިޖެހުން
5- 4 ކްލާސްރޫމުގެ ކުލައާއި ދަވާދުލުން
6- 4 ކްލާސްރޫމުގައި ފަންކާ ހަރުކުރުމާއި، ލައިޓް ހަރުކުރުން
7- 4 ކްލާސްރޫމުގައި ދޮރާއި ދޮރުފަތް ހަރުކުރުމާއި، ދޮރުފޮތި ހަރުކުރުން
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވިދާނެ ފަރާތްތަކުން 2016 ޑިސެންްބަރު 18 ވާ އާދީއްތަދުވަހުގެ 10:00 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންްބަރު 27 ވާ އަންގާރަދުވަހުގެ 10:00 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭނެގޮތް
- އަގަށް: % 80 - މުއްދަތަށް: % 10 - ތަޖުރިބާ: % 10
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދޫ ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 7733939 އަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ނޯޓް: މައުލޫމާތު ސާފުކުރުމަށް ކުންފުންޏަކުން ނުވަތަ ވިޔަފާރިއަކުން މީހަކު ހާޒިރުވާނަމަ، ހާޒިރުވާ ފަރާތުގެ މައުލޫމާތު ބަޔާންކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.