ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ކުނަހަންދޫ ކައުންސިލުގެ އިދާރާއަށް އަމިއްލަ ތަކެތީގައި ތްރީފޭސް ކަރަންޓް ލުމާބެހޭ
ހައްދުންމަތީ ކުނަހަންދޫ ކައުންސިލުގެ އިދާރާއަށް އަމިއްލަ ތަކެތީގައި ތްރީފޭސް ކޭބަލް އަޅައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކުރި ނަންބަރު (04/08/2016) 405-A/2016/35 އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 10:00 އަށް މި ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
6 ރަބީޢުލްއައްވަލް 1438