މަސައްކަތް
ނަންބަރު: (IUL)229-IED/229/2016/43
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 14 ޑިސެންބަރު 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތެއްގެ ކުރެހުމާއި ބީއޯކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

3 ބުރި ޢިމާރާތެއްގެ ކުރެހުމާއި ބީއޯކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)229-IED/229/2016/40 (24 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލުގެ އިދާރާގައި 2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 13:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ، އެއީ ކޮން ކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ މިފަދަ މަސައްކަތްތައް ކުރުމުގެ ހުއްދަ ހައުސިންގ މިނިސްޓްރީން ދެއްވާފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު މިފަދަ މަސައްކަތްތައް ކުރުމަށް ހައުސިންގ މިނިސްޓްރީން ދެއްވާފައިވާ ހުއްދައިގެ ކޮޕީ ހުށަހަޅުއްވަންޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " 3 ބުރި ޢިމާރާތެއްގެ ކުރެހުމާއި ބީއޯކިޔު ތައްޔާރުކޮށްދިނުމާބެހޭ ޕްރޮޕޯޒަލް " މިހެން ލިޔުއްވާފައި އޮންނަންވާނެއެވެ. މީގެ އިތުރުން، ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑުރެސް އަދި ފޯނުނަންބަރު، ސިޓީއުރައިގެ ބޭރުގައި ލިޔުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

6 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016