މަސައްކަތް
ނަންބަރު: GS-144/2016/IUL/37
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި: 14 ޑިސެންބަރު 2016 10:00
ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްލޫގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ

މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދިއްފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 10:00

2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 10:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއަކާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640522 ނަންބަރު ފޯނާއެވެ.

04 ޑިސެންބަރު 2016