މަސައްކަތް
ނަންބަރު: (IUL)GS-59-B/PRIV/2016/43
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 18 ޑިސެންބަރު 2016 10:00
ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ނޯޓިސްބޯޑު ހެދުމާގުޅޭ

އިޢުލާން

ސްކޫލުގައި އައު ނޯޓިސްބޯޑު ހެދުމާގުޅޭ

މި ސްކޫލުގެ ނޯޓިސްބޯޑު ބަދަލުކުރުމާއި، ޑިޖިޓަލްކުރުމުގެގޮތުން މި ސްކޫލުން ދައްކާ ފަރުމާއާ އެއްގޮތަށް ނޯޓިސްބޯޑު ބަހައްޓާނެ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން 2016 ޑިސެންބަރު 18 ވަނަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 25 ވަނަ ދުވަހުގެ 10:00 އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 6540540 އަށް ގުޅުއްވުން އެދެމެވެ.

6 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016