ކުއްޔަށް ދިނުން
ނަންބަރު: (IUL)138-AS1/138/2016/172
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 08 ޑިސެންބަރު 2016 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެލާނާގޭ ކެފެޓީރިއާ ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުމާއި، ބިޑު ފޯމު ބަލައިގަތުން

އިޢުލާން

ވެލާނާގޭ ކެފެޓީރިއާ ކުއްޔަށް ހިފައި ހިންގަން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2016 ޑިސެންބަރު 08 ވަނަ ދުވަހު 13:00 ގައި މި މިނިސްޓްރީގައި އޮންނާނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2016 ޑިސެންބަރު 14 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީގައެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް، ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރަ އެޑްރެސް ކުރެވިފައި އޮންނަންވާނީ ކޯޕަރޭޓް ސެކްޝަނަށެވެ. ޕްރޮޕޯސަލްތައް ކަނޑައި ބަލައިގަތުން އޮންނާނީ އަގު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004337 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

06 ރަބީޢުލްއައްވަލް 1438

06 ޑިސެންބަރު 2016