ޢާންމު މަޢުލޫމާތު
ނަންބަރު: (A)DA-2016/223
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 14 ޑިސެންބަރު 2016 16:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ މޮނިޓަރަކަށްވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

2017 ޖަނަވަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައް މޮނިޓަރުކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް 2016 ނޮވެންބަރު 24 ވީ ބުރާސްފަތި ދުވަހު ކުރެވިފައިވާ މި ކޮމިޝަނުގެ ނަންބަރު: A)DA-2016/212) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

މި އިޢުލާނުގައިވާ ގޮތުގެ މަތިން މޮނިޓަރުކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ ހަވީރު 04:00 އާ ހަމައަށް އިތުރުކޮށްފީމެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކަންކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާތަކާއި، ޚަބަރުފަތުރާ އިދާރާތަކުން ކުރިމަތިލުމަށް ފޯމު ހުށަހަޅާނީ އޮންލައިންކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅުއްވާނީ http://forms.elections.gov.mv މި ލިންކު މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅާނޭ ގޮތުގެ އުސޫލު މި ލިންކުން ފެންނަން ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016