ކުއްޔަށް ހިފުން
ނަންބަރު: ADMHR-MPL/2016/17146
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 15 ޑިސެންބަރު 2016 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުން

އިޢުލާން

އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

މި ކުންފުންޏަށް ހދ.ކުޅުދުއްފުށިން އޮފީސް އިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 ޑިސެންބަރު 2016ވާ ބުރާސްފަތި  ދުވަހުގެ 14:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް މި ކުންފުނީގެ ހދ.ކުޅުދުއްފުށީ ޕޯސްޓް އޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 2016 ޑިސެންބަރު 15 ވަނަ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބައިވެރިނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިމާރާތް ހޯދަން ބޭނުންވާ ރަށް:

  • ހދ.ކުޅުދުއްފުށި

ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާބެހޭ ތަފުސީލު

  • ޢިމާރާތުގެ ބޮޑުމިން ބަޔާންކުރުން
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
  • ޢިމާރާތް ހުރި ސަރަހައްދު ބަޔާންކުރުން
  • ޢިމާރާތުގެ ކުލި ބަޔާން ކުރުން
  • ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް

  • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން
  • ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން
  • ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން
  • ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
  • ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން)

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރި ގުޅުން އެނގޭނެ ލިޔުމަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން

މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެ ގޮތް ތިރީގައި މިވަނީއެވެ.

  • އަގު:  %50
  • ކުއްޔަށްދޭ މުއްދަތު:   %20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ:   %30
06 ޑިސެންބަރު 2016