ދިވެހިރާއްޖެ
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އޮބްޒާވަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
2017 ޖަނަވަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައް އޮބްޒާވްކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް 2016 ނޮވެންބަރު 24 ވީ ބުރާސްފަތި ދުވަހު ކުރެވިފައިވާ މި ކޮމިޝަނުގެ ނަންބަރު:A)DA-2016/213) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
މި އިޢުލާނުގައިވާ ގޮތުގެ މަތިން މި އިންތިޚާބު އޮބްޒާވްކުރުމަށް ހުށަހެޅުމުގެ މުއްދަތު، 2016 ޑިސެންބަރު 14 ވާ ބުދަ ދުވަހުގެ ހަވީރު 04:00 އާ ހަމައަށް އިތުރުކޮށްފީމެވެ.
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި، އަމިއްލަ ފަރާތްތަކުން ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާނީ އޮންލައިންކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅުއްވާނީ http://forms.elections.gov.mv މި ލިންކު މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅާނޭ ގޮތުގެ އުސޫލު މި ލިންކުން ފެންނަން ހުންނާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ރަބީޢުލްއައްވަލް 1438