ޢާންމު މަޢުލޫމާތު
ނަންބަރު: (A)EA-2016/222
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 14 ޑިސެންބަރު 2016 16:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީކުރުން ބަންދުކުރުން

އިޢުލާން

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީކުރުން ބަންދުކުރުން

2017 ޖަނަވަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމަށް ދެވިފައިވާ މުއްދަތު 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ތަންތަނުން ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. އަދި ރަސްމީ ބަންދުދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9.30 އިން މެންދުރުފަހު 2:00 އަށެވެ. ހުކުރުދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށެވެ.

  • އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން)
  • ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން

ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި، ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އާދީއްތަދުވަސް ފިޔަވައި ކޮންމެ ދުވަހަކު ފޯމުތައް ބަލައިގަންނާނީ ހެނދުނު 9:30 އިން ހަވީރު 4:00 އަށެވެ. އަދި އާދީއްތަދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ހަވީރު 5:00 އަށެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

4 ރަބީޢުލްއައްވަލް 1438

 

05 ޑިސެންބަރު 2016