ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 222-AH/INDIV/2016/56
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި: 18 ޑިސެންބަރު 2016 13:50
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
އެސިސްޓެންޓް މިއުޒިއަމް ގައިޑް

މަޤާމް :އެސިސްޓެންޓް މިއުޒިއަމް ގައިޑް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި ޑިޕާޓްމަންޓުގެ ތިރީގައި މިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

އެސިސްޓެންޓް މިއުޒިއަމް ގައިޑް

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ނެޝަނަލް މިއުޒިއަމް ސެކްޝަން

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

ބޭނުންވާ އަދަދު:

01

މަޤާމް އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ.މާލެ

ރަސްމީ މަސައްކަތު ގަޑި:

10:00 އިން 16:00 އަށް

ވަޒީފާގެ ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް: މިއުޒިއޮލޮޖީ، ކިއުރޭޓަލް ސްޓަޑީސް، މިއުޒިއަމް މެނޭޖްމަންޓް، ކަލެކްޝަން މެނޭޖްމަންޓް، މިއުޒިއަމް ސްޓަޑީސް، މިއުޒިއަމް ކޮމިއުނިކޭޝަން، ޕްރިންސިޕަލްސް އޮފް ކޮންޒަރވޭޝަން، ހިސްޓްރީ، ކަލްޗަރ، ދިވެހިބަސް، މިއުޒިއަމް އެންޑް ސައިޓް އިންޓަރޕްރިޓޭޝަން، އާޓިފެކްޓްސް ސްޓަޑީސް، މިއުޒިއޮލޮޖީ އެންޑް އެޑްމިނިސްޓްރޭޝަން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. މިއުޒިއަމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިބަހުންނާއި އިނގިރޭސިބަހުން މަޢުލޫމާތު ދީ ގައިޑްކޮށްދިނުން.

2. މިއުޒިއަމަށް ޓިކެޓު ކަނޑައިގެން ވަންނަންޖެހޭ ފަރާތްތައް މިއުޒިއަމަށް ވަންނަނީ ޓިކެޓް ލިބިގެންތޯ ޗެކްކުރުމާއި މިއުޒިއަމް ހުޅުވާފައި ހުންނަ ގަޑިތަކުގައި ވަދެ އުޅޭ މީހުން އުޅޭނޫޅޭގޮތް ބެލުން.

3. މިއުޒިއަމަށް ވަދެ އުޅޭ މީހެއްގެ ފަރާތުން މިއުޒިއަމްގައި ހުންނަ އެއްވެސް އެއްޗަކަށް ގެއްލުން ލިބިއްޖެނަމަ، އަދި ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ހުރެއްޖެކަމަށް ފާހަގަވާނަމަ އެކަމެއް ސްޕަވައިޒަރަށް ރިޕޯޓްކުރުން.

4. މިއުޒިއަމް ހުޅުވާފައި ހުންނަންޖެހޭ ގަޑިއަށް ޑިސްޕްލޭ ހޯލުގެ ލައިޓްތަކާއި އޭސީތައް ޖެއްސިފައިހުރިތޯ ބެލުމާއި، ބަންދުކުރާއިރު ލައިޓްތަކާއި އޭސީތައް ނިއްވައި ދޮރުތައް ބަންދުކުރެވިފައި ހުރިތޯ ޗެކްކުރުން.

5. މިއުޒިއަމަށް ޒިޔާރަތްކުރަން ބޭނުންވެގެން އެދި ފޮނުވާ ސިޓީ/ލިޔުންތަކަށް ޖަވާބު ތައްޔާރުކުރުމާއި، ޒިޔާރަތްކުރާ ފަރާތްތަކަށް މަރުޙަބާކިޔުމަށް ކުރަންޖެހޭ ތައްޔާރީތައްކޮށް ޝެޑިއުލް ތާވަލުކޮށް ބެލެހެއްޓުމާއި، އަންގަންޖެހޭ ފަރާތްތަކަށް ހަމަޖެހުނުގޮތް އެންގުން.

6. މިއުޒިއަމްގައި ހުންނަ ތަކެތި ބެލެހެއްޓުމާއި، ޑިސްޕްލޭގައި ހުންނަ ތަކެތި އެތުރުމުގައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ކަންކަން ކުރުން.  

7. ޑިސްޕްލޭގައިވާ ތަކެތީގެ މަޢުލޫމާތުދިނުމަށް ބަހައްޓާ ލިޔުންކޮޅުތައް ތައްޔާރުކޮށް ނެރުމާއި، ލިޔުންތަކަށް ގެންނަންޖެހޭ ބަދަލު ގެނެސް އައުކުރުން.

8. އޮފީހުގެ މަސައްކަތު މީހުން ލައްވާ މިއުޒިއަމްގައި ހުންނަ ތަކެތި ސާފުކުރުވުން.

9. މިއުޒިއަމަށް  ޒިޔާރަތްކުރާ  ފަރާތްތަކުގެ އަދަދު ދުވަހުން ދުވަހަށް ބެލުމާއި، މަސް ނިމުމުން ޒިޔާރަތްކުރި ފަރާތްތަކުގެ ރިޕޯޓް ހެދުން.

10. ލީފްލެޓް ހެދުމަށް ލިޔުންތައް ލިޔުމާއި، ލީފްލެޓަށް ބޭނުންވާ ލިޔުންތައް ތަރުޖަމާކުރުން.

11. މިއުޒިއަމްގައި މައުރަޒުތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

12. މިއުޒިއަމްގައި މިހާރު ހުރި ތަކެއްޗާއި އަލަށް ލިބޭ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ތައްޔާރުކޮށް  އަޕްޑޭޓްކޮށް  މަޢުލޫމާތުތައް ލިޔެ ބެލެހެއްޓުމާއި، ތަކެތީގެ ފޮޓޯނަގައި ފޮޓޯ އިންވެންޓްރީ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

13. އެގްޒިބިޓް ކުރެވިފައި ހުންނަ ތަކެއްޗާއި ސްޓޯރޭޖްގައި ހުރި ތަކެތީގެ ލޮކޭޝަންތައް އެނގޭގޮތަށް ލިޔެ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

14. މިއުޒިއަމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ފޮޓޯނެގުމާއި، ވީޑިޔޯކުރުމާއި، އޮބްޖެކްޓް ޑޭޓާބޭސް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

15. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިކަމަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދިނުން.

އުޖޫރައާއި ޢިނާޔަތްތައް:

މަޤާމުގެ މަސައްކަތާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާއި ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓްކޮޕީ ގެޒެޓުގައި އަޕްލޯޑް ކުރެވިފައިވާނެއެވެ. މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތު: ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/ މަސް/ އަހަރު ސާފުވާނެގޮތަށް، ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައި)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު، އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައި).

8. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު ވަޒީފާއަށް އެދޭ ފޯމާއެކު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓްކޮޕީ ގެޒެޓުގައި އަޕްލޯޑް ކުރެވިފައިވާނެއެވެ).

އިންޓަވިއުކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން:

މި މަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި، ތަނާއި، އެކަމާގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު

  • މަސައްކަތުގެ ތަޖުރިބާ

  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް، ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓު ކުރުން:

 

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި ލިޔުމަކުން އެންގޭނެއެވެ.

ވަޒީފާއަށް އެފޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 13:50 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާނދަނީމަގު) އަށް

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

01 ޑިސެންބަރު 2016