މަސައްކަތް
ނަންބަރު: (IUL)23-AP/23/2016/122
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 15 ޑިސެންބަރު 2016 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރ.އުނގޫފަރު ރީޖަނަލް ހޮސްޕިޓަލްގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަލްޓި ސްޓޯރީ ބިލްޑިންގެގެ ކުރެހުންތަކާއި ބީ.އޯ.ކިއު އާއި، ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ރ.އުނގޫފަރު ރީޖަނަލް ހޮސްޕިޓަލްގައި އިމާރާތްކުރުމަތް ހަމަޖެހިފައިވާ މަލްޓި ސްޓޯރީ ބިލްޑިންގެ ކުރެހުންތަކާއި ބީ.އޯ.ކިއު އާއި، ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 21 ވާ ބުދަދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

05 ޑިސެންބަރު 2016