މަސައްކަތް
ނަންބަރު: 216-MPAO/I/2016/36
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 15 ޑިސެންބަރު 2016 14:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އިންޓީރިއަރ ޑިޒައިނިންގގެ މަސައްކަތް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ޢުމަރު ޝޮޕިންގ އާކޭޑުގެ 8 ވަނަ ފަންގިފިލާގައި ހަދާފައިވާ މި އޮފީހުގެ ރިސެޕްޝަން އޭރިއާގެ އިންޓީރިއަރ ޑިޒައިނިންގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާން ކޮށްފައިވާ ތާރީޚާއި ގަޑިއަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގައި

ތަން: އުމަރު ޝޮޕިންގ އާކޭޑުގެ 8 ވަނަ ފަންގިފިލާ

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސުއިޓްސްގެ 6 ވަނަ ފަންގިފިލާ)

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ، ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، 20222

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރ: 1441

ފެކްސް: 3307759

އީމެއިލް: [email protected]

05 ޑިސެންބަރު 2016