ވަޒީފާގެ ފުރުޞަތު
ނަންބަރު: ADMHRL/2016/144
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 13 ޑިސެންބަރު 2016 00:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން ޓްރެއިނީ

 ވަޒީފާގެ ފުރުޞަތު

 
މަޤާމު:

ޕޯސްޓްމަން ޓްރެއިނީ

ބޭނުންވާ އަދަދު:

1

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/4122 ރުފިޔާ ( ހަތަރު ހާސް އެއް ސަތޭކަ ބާވީސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/1860 ރުފިޔާ ( އެއް ހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ)
  3. މެއިލް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން މެއިލް އެލަވަންސް ލިބޭނެއެވެ.
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

މެއިލް އޮޕަރޭޝަންސް ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ދަށްވެގެން ގްރޭޑް ހަތެއްގެ ފެންވަރު ހުރުމާއެކު ކުރާ އިންޓަރވިއުއިން ފާސްވުން ނުވަތަ
  • ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގުމާއެކު ކުރާ އިންޓަރވިއުއިން ފާސްވުން.
  • މާލޭގެ ގެތަކާއި/އެޑްރެސްތަކާއި، މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހަކަށްވުމާއެކު އިމާރާތްތަކަށް އަރާފޭބޭ ފަދަ ޞިއްހަތެއްގައި ހުރި މީހަކަށްވުން
  • ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން
  • އަމިއްލަ ދުއްވާއެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 ޑިސެމްބަރު 13 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހި ރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް ނުވަތަ 3009272 ނަންބަރު ފޯނަށް ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

5 ރަބީޢުލް އައްވަލް 1438

 

 

04 ޑިސެންބަރު 2016