މަސައްކަތް
ނަންބަރު: 137-ީIU/PR/2016/174
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 08 ޑިސެންބަރު 2016 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުންދޭ ޑިޒައިންތަކަށް ޔުނީފޯމު ފޮތި ތައްޔާރުކޮށް ފެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ހޮސްޕިޓަލުގައި ޔުނީފޯމު ބޭނުންކުރަމުންދާ މުވައްޒަފުންގެ ޔުނީފޯމުތައް، ހޮސްޕިޓަލުން ދޭ ޑިޒައިންތަކަށް ޔުނީފޯމު ފޮތި ތައްޔާރުކޮށް ފެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 17 ނޮވެންބަރު 2016 ގައި ކޮށްފައިވާ ނަންބަރު 137-IU/PR/2016/167 އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

11:00

08 ޑިސެންބަރު 2016 (ބުރާސްފަތި)

 މަޢުލޫމާތު ސާފުކުރެއްވުމަށް

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް 

11:00 

15 ޑިސެންބަރު 2016 ( ބުރާސްފަތި))

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

 

06 ރަބީއުލްއައްވަލް 1438

                                          

05 ޑިސެންބަރު 2016