ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2016/64
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 12 ޑިސެންބަރު 2016 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ޑެޕިއުޓީ ޑިރެކްޓަރ

މުސާރަ: -/10,800 ރުފިޔާ

ޑެއިލީ އެލަވަންސް: -/7,200 ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އިންޓަރނޭޝަނަލް އެޑްވަޓައިޒިންގގެ އެންމެހައި މަސައްކަތްތައް ކުރުން.
  2. ކޮންމެ އަހަރަކު ތައްޔާރުކުރެވޭ މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި މެނޭޖިންގ ޑިރެކްޓަރާއި، އެހެނިހެން ޑިޕާޓްމަންޓްތަކުގެ ވެރިންނާ ހިއްސާކޮށް ސީނިއަރ މެނޭޖްމަންޓްގެ ލަފާގެ މަތިން ތައްޔާރުކުރުން.
  3. މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖޭން ބޭރުގައި އައްޔަންކުރާ ޕަބްލިކް ރިލޭޝަންސް ފަރމްތައް އައްޔަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި އެކަންތައްތައް ކުރުން.
  4. ރާއްޖެއަށް މުހިންމު މާކެޓްތަކުގެ މީޑިއާގެ ފަރާތްތައް ރާއްޖެ ގެނެސް، ރާއްޖެއާބެހޭ މަޢްލޫމާތު ހިމެނުމަށް ބޭނުންވާ ފެމިލިއަރައިޒޭޝަން ޓްރިޕްތައް ރާވައި އެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  5. މާކެޓްތަކުގެ މާކެޓް ރިޕޯޓު، ފެއަރ ރިޕޯޓު ފަދަ މާކެޓިންގއާ ގުޅުންހުރި އެންމެހައި ރިޕޯޓުތައް ސެކްޝަނުގެ މުވައްޒަފުން ލައްވައި ނިންމަންޖެހޭ މުއްދަތަކަށް ނިންމުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:  2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މި ބައިގައި މާކްސް ދެވޭނީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މި ބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

ުއިތުރު މަޢުލޫމާތ 

  • މި މަޤާމަށް މީހުން ހޮވުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމަށް މީހުން ހޮވުމުގައި ދިވެހިބަހާއި، އިނގިރޭސިބަހުގެ އިތުރުން އެހެން ބަސްތަކުން ލިޔަންކިޔަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނަށެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާގެ ގޮތުން އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

5 ރަބީއުލްއައްވަލް 1438  

 

 

04 ޑިސެންބަރު 2016