ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކުންފުނީގެ ހެޑްއޮފީހުގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
|
މަޤާމް: |
ކުއަންޓިޓީ ސާވެޔަރ |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
ޑިވިޜަން: |
ޔުޓިލިޓީ ސަރވިސަސް ޑިވިޜަން |
|
މަސައްކަތް ކުރަންޖެހޭ ތަން: |
ހެޑްއޮފީސް، މާލެ |
|
މުސާރައާއި ޢިނާޔަތްތައް: |
މަހަކު -/7،140 ރުފިޔާ (ހަތްހާސް އެއްސަތޭކަ ސާޅީސް ރުފިޔާ) |
|
ސަރވިސް އެލަވަންސް: |
މުސާރައިގެ %30 |
|
ހާޒިރީ އެލަވަންސް: |
މުސާރައިގެ %20 |
|
އިތުރުގަޑީގެ އެލަވަންސް: |
މުސާރައިގެ %50 (ހަމަޖެހިފައިވާ އުސޫލުން) |
|
ފެންވަރު ނުވަތަ ޝަރުޠު: |
1، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން އެމް. އެސް. 2 (ދޭއް) ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، އެމް.އެސް 1 (އެކެއް) ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 4. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 2 (ދޭއް) ގެ ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކުރަމުންދާ މީހެއް ކަމުގައިވުން. 5. އުމުރާއި ޞިއްޙަތުގެގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ، މުރާލި މީހަކު ކަމުގައިވުން. |
|
އެހެނިހެން ހުނަރު: |
1. ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. 2. ރިޕޯޓު ލިޔުމުގެ ހުނަރާއި، ދިރާސާކުރުމުގެ ހުނަރު. 3. ދެވިފައިވާ ލަނޑުދަނޑިތަކަށް މަސައްކަތްކޮށް ނަތީޖާ ނެރުމުގެ ހުނަރު. 4. ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ އަދި ކަނޑުދަތުރުފަތުރު ކުރުމުގެ ޤާބިލުކަން. 5. އަމިއްލައަށް އިސްނެގުމާއި ތަފާތުނަސްލުތަކުގެ މީހުންނާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. 6. އެމް. އެސް އޮފީސް އެޕްލިކޭޝަން، އީމެއިލް/އިންޓަރނެޓް ބޭނުންކުރަން އެނގުން. 7. ޕްރޮޖެކްޓް މެނޭޖްމަންޓާ ގުޅުންހުރި ސްޓޭންޑަރޑް ސޮފްޓް ވެއަރ ބޭނުންކުރަން އެނގުން. |
|
މަޤާމުގެ މަސްއޫލިއްޔަތުތައް: |
ޑިވިޜަނުގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެދަށުން ޑިވިޜަނުގައި ކުރެވޭ މަސައްކަތްތައް ރާވައި ހިންގުން. އެގޮތުން: 1. މަޝްރޫޢުތަކަށް ބޭނުންވާ ބިލް އޮފް ކުއަންޓިޓީއާއި ބިލް އޮފް މެޓީރިއަލްސް ހެދުން. 2. ފެނާއި ނަރުދަމާގެ ދާއިރާއާ ގުޅުންހުރި މަޝްރޫޢުތަކުގެ ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކުރުން. 3. މަޝްރޫޢުތަކަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުން. 4. އެއިރެއްގެ ޑީމާންޑަށް ބަލައި، މަސައްކަތާ ގުޅުންހުރި މާކެޓް އެނަލިސިސް ހެދުން. 5. ސައިޓްތަކަށް އިންސްޕެކްޝަން ދަތުރުކުރުން. 6. މަޝްރޫޢުތަކަށް ބޭނުންވާ ޕްރިލިމިނަރީ އަގު ހެދުމާއި، ޓާގެޓް އަގު ހެދުން. 7. ޖެނެރަލް ޑްރާފްޓިންގ 8. ރޭވިފައިވާ މަޝްރޫޢުތަކުގެ ސައިޓް ސާރވޭކޮށް، މަޝްރޫޢު މޮނިޓަރކުރުން. 9. ޑިވިޜަނުގެ އެންމެ އިސްފަރާތަށް މަޝްރޫޢުތަކުގެ އަޕްޑޭޓް ފޯރުކޮށްދިނުން. 10. މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުނފުނީގެ ފަރާތުން ރިވިއު ރިޕޯޓުތައް އެކުލަވައިލުން. 11. ޑިވިޜަނާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން. |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އިން ރަސްމީ ދުވަސްތަކުގެ 9:00 އިން 15:00 އަށް ފޯމު ލިބެން ހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުޠު ހަމަވާ ފަރާތެއް ނެތް ނަމަ، މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއެކު ސީ.ވީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސްދުވަސް ހަމަވެފައިނުވާ ޕޮލިސްރިޕޯޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާއެވެ.
- މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307
ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
އީމެއިލް: [email protected]
6 ރަބީޢުލްއައްވަލް 1438