މަސައްކަތް
ނަންބަރު: (IUL)383/383/2016/129
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 13 ޑިސެންބަރު 2016 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެ އިމާރާތްކުރުން

އިޢުލާން

ހިނަވާގެ އިމާރާތްކުރުން

ތ.ވިލުފުށީގައި ޢިމާރާތް ކުރަން ފަށާފައިވާ ހިނަވާގެ (ތަނބު ދަގަނޑުތަކާއެކު ފައުންޑޭޝަން އަޅާފައިހުރި) ޢިމާރާތުގެ ތަނބުތަކާއި ރޫފްބީމުގެ ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، 30 އޮކްޓޫބަރު 2016 ގައި ކުރި މި އިދާރާގެ ނަންބަރު (IUL)383/383/2016/119 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާވަރަށް ހާޒިރުނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

މިކަމާބެހޭ މަޢުލޫތުދިނުން، 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:00 ގައި މި އިދާރާގައި އޮންނާނެއެވެ. މިކަމަށް އެދި އަގު ހުށަހެޅުން 2016 ޑިސެންބަރު 27 ވާ އަންގާރަދުވަހުގެ 13:00 ގައި މި އިދާރާގައި އޮންނާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު އެކަން ސިޓީއަކުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމަށް ހާޒިރުވާ ހުރިހާ ފަރާތްތަކުންވެސް އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

މާކްސް ދެވޭނެ ތަފުސީލު

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

75%

  • މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް
  • މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

15%

  • އިމާރާތްކުރުމުގެ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރު
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތުގެ ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

މުއްދަތު

10%

  • މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތަށް

(Benchmark Duration / Submitted Duration) x Allocated Percentage

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016