މަސައްކަތް
ނަންބަރު: GS-178-IUL-2016-50
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 13 ޑިސެންބަރު 2016 10:00
އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންގެ ޕްލޭއޭރިޔާގައި ސަން ނެޓް ދަމައިދިނުން

އިޢުލާން

އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންގެ ޕްލޭއޭރިޔާގައި ސަން ނެޓް ދަމައިދިނުން.

މި މަދަރުސާއިން ދައްކާ ނަމޫނާއާ އެއްގޮތަށް އެލް.ކޭ.ޖީ. އަދި ޔޫ.ކޭ.ޖީ ގެ ދަރިވަރުންގެ އައުޓް ޑޯރ ޕްލޭއޭރިޔާގައި ސަން ނެޓް ދަމައިގެން ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ޑިސެންބަރު 2016 ވާ އަންގާރަދުވަހުގެ 10:00 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 18 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. މި ބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މި މަދަރުސާއިން ދޭ ފޯމެޓާ އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016