ދިވެހިރާއްޖެ
އިޢުލާން
ސްކޫލުގެ ދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކުރުން
މި ސްކޫލުގެ ނަންބަރު: GS120/2016/29 (8 ނޮވެންބަރު 2016) ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން، އެ އިޢުލާން ބާޠިލުކޮށް، ބިޑު ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މި ސްކޫލުގެ އާ އިމާރާތުގައި މިހާރު ހުރި ލަކުޑި ދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކުރަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިފައިގެން ހާޒިރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:00 ގައި |
2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން |
ރަސްމާދޫ ސްކޫލުގެ ސްޓާފްރޫމް |
ރަސްމާދޫ ސްކޫލުގެ ސްޓާފްރޫމް |
2 ރަބީޢުލްއައްވަލް 1438