ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް.
2017 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ލ. އިސްދޫ ސްކޫލުގެ ލައިބުރަރީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރިޚަށް ލ. އިސްދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 10:00 އަށް |
2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް |
މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެނައުން އެދެމެވެ. ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތަކުންނަމަ، އެ ތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެނައުން އެދެމެވެ. މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ކޮންމެވެސް 1 ފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800562 ނަންބަރު ފޯނާއެވެ.