ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)373/INDIV/2016/66
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 15 ޑިސެންބަރު 2016 13:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންފަރެންސްހޯލަށް ބޭނުންވާ ތަކެތި ހޯދުން

އިޢުލާން

ކޮންފަރެންސްހޯލަށް ބޭނުންވާ ތަކެތި ހޯދުން.

މި އިދާރާގެ ކޮންފްރެންސްހޯލުގައި ބޭނުންކުރުމަށް ތިރީގައި މި ދަންނަވާ ތަކެތި ގަތުމަށް ބޭނުންވެގެން ކުރި ނަންބަރު: (IUL)373/INDIV/2016/61 (10 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް, އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

  1. 17 އެގްޒެކްޓިވް ޗެއަރ
  2. 2 އެއަރކޯން 18000 ބީޓީޔޫގެ (އިންވާޓަރ)
  3. 1 ޕްރޮޖެކްޓަރ

ވީމާ، ބަޔާން ކުރެވިފައިވާ ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ދުރުވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ފަރާތްތަކަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރައްވަންވާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މި އިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

2 ރަބީޢުލްއައްވަލް 1438

01 ޑިސެންބަރު 2016