ޢާންމު މަޢުލޫމާތު
ނަންބަރު: SAM-MED/2016/001
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 15 ޑިސެންބަރު 2016 14:00
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ނެޝަނަލް ސްކައުޓް އެސެމްބްލީގެ ކުއްލި ބައްދަލުވުމަށް ދެންނެވުން

އިޢުލާން

ނެޝަނަލް ސްކައުޓް އެސެމްބްލީގެ ކުއްލި ބައްދަލުވުމަށް ދެންނެވުން

މި އެސޯސިއޭޝަންގެ އަސާސީގަވާއިދުގެ 15.5 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ބޭއްވުމަށް ހަމަޖެހިފައިވާ، ނެޝަނަލް ސްކައުޓް އެސެމްބްލީގެ ކުއްލި ބައްދަލުވުމަށް ހާޒިރުވުމަށް ދަންނަވަމެވެ.

މިބައްދަލުވުމުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

1. ނޭޝަނަލް ސްކައުޓް އެސެމްބްލީގެ އެޖެންޑާ:

  • މަރުޙަބާ ދެންނެވުން.          
  • 2014 ވަނަ އަހަރުގެ ނޭޝަނަލް އެސެމްބްލީގެ ޔައުމިއްޔާ ހިއްސާކުރުން.
  • ސްކައުޓް އެސޯސިއޭޝަންގެ އަހަރީ ރިޕޯޓު ހުށަހެޅުމާއި ފާސްކުރުން.
  • ސްކައުޓް އެސޯސިއޭޝަންގެ މާލީ ރިޕޯޓު އިއްވުމާއި، މާލީ ރިޕޯޓު ފާސްކުރުން. އަދި ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުމާއި ފާސްކުރުން.
  • ސްކައުޓް އެސޯސިއޭޝަންގެ ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރުން.
  • އިތުރު ޚިޔާލުތައް
  • ބައްދަލުވުން ނިންމުން.

2. ނޭޝަނަލް ސްކައުޓް އެސެމްބްލީގެ ކުއްލި ބައްދަލުވުން ބާއްވާ ތާރީޚާއި ތަން:

  • މި ބައްދަލުވުން ބާއްވާ ތާރީޚަކީ 2017 ޖަނަވަރީ 4 ވާ ބުދަދުވަހެވެ.
  • މި އެސެމްބްލީ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ 9:00 އިން ފެށިގެން 17:00 އަށް، ޒުވާނުންގެ މަރުކަޒުގެ ސެމިނަރރޫމުގައެވެ.

ނޯޓް: ބައްދަލުވުން ބޭއްވޭ ތަނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ބަދަލު އަތުވެއްޖެނަމަ، އެކަން ޢާންމުކޮށް އިޢުލާނު ކުރެވި، ސްކައުޓް ގުރޫޕުތަކާއި، ގުރޫޕުތަކުގެ ލީޑަރުންނަށް އަންގާނޭ ވާހަކަ ދަންނަވަމެވެ.

  1. ބައްދަލުވުމުގެ ޑްރެސްކޯޑް:
  • މި ބައްދަލުވުމުގައި ސްކައުޓް ގުރޫޕުތައް ތަމްސީލުކުރައްވާ މަންދޫބުންނާއި ގުރޫޕުތަކުން ބައިވެރިވާ އޮބްޒާވަރުން އަދި އަމިއްލަގޮތުން ބައިވެރިވާ ސްކައުޓް ލީޑަރުން ބައިވެރިވާނީ ސްކައުޓް ޔުނިފޯމުގައެވެ.
  • މި ބައްދަލުވުމަށް ދަޢުވަތު ދެވޭ އެހެނިހެން ބޭފުޅުން ވަޑައިގަންނަވާނީ ރަސްމީ ހެދުމެއްގައެވެ.

މި ކުއްލި ބައްދަލުވުމާ ބެހޭގޮތުން ސްކައުޓް ގުރޫޕުތަކަށް އަންގަންޖެހޭ އިތުރު އެންގުންތައް ސްކައުޓް ގުރޫޕުތަކަށާއި އެ ގުރޫޕުތަކުގެ ލީޑަރުންނަށް، ސިޓީއާއި އެސް.އެމް.އެސް އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން އަންގަމުން ގެންދާނޭ ވާހަކަ ދަންނަވަމެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވޭނީ މި އެސޯސިއޭޝަންގެ މެމްބަރޝިޕް ފީއާބެހޭ ގަވާއިދުގައިވާގޮތުގެ މަތީން މެމްބަރޝިޕް ފީ ދައްކާފައިވާ ސްކައުޓް ގުރޫޕުތަކަށްކަމުން، މިހާތަނަށް ފައިސާ ނުދައްކާ ގުރޫޕުތަކުން 2016 ޑިސެންބަރު 15 ވަނަ ދުވަހުގެ ނިޔަލަށް، މެމްބަރޝިޕް ފީ ދައްކައި ނިންމުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އަންގަމެވެ.

މިފަދަ ކަންކަމުގައި މި އެސޯސިއޭޝަނަށް ތިޔަ ފަރާތްތަކުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް މި އެސޯސިއޭޝަންގެ އެންމެހައި މެމްބަރުންގެ ނަމުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

2 ރަބީޢުލްއައްވަލް 1438

01 ޑިސެންބަރު 2016