ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-EDSS/247/2016/69
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 15 ޑިސެންބަރު 2016 11:45
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ހޯރަފުށިން ބަންޑާރަ ގޯތި ދޫކުރުމާގުޅޭ

ދިރިއުޅުމަށްޓަކައި ހޯރަފުށިން ބަންޑާރަ ގޯތި ދޫކުރުމާގުޅޭ

މި އިދާރާއިން ކުރި ނަންބަރު: (IUL)247-EDSS/247/2016/15 (22 މާރިޗު 2016) އިޢުލާނާ ގުޅިގެން ގޯތި ބޭނުންވެގެން ފޯމު ލާފައިވާ ފަރާތްތަކަށް ޕޮއިންޓު ދިނުމަށްޓަކައި ބޭނުންވާ ބައެއް މަޢުލޫމާތު ފޯމުގައި މަދުކަމަށް މި އިދާރާއަށް ފާހަގަކުރެވޭތީއާއި، އެކި ފަރާތްތަކުގެ ޝަކުވާ މިކަމުގައި ލިބެމުންދާތީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވެސް ލަފަޔާ އެއްގޮތަށް، ޕޮއިންޓް ދިނުމަށްޓަކައި މި އިދާރާއަށް ކޮންމެހެން އެނގެންޖެހޭ އިތުރު މަޢުލޫމާތުތައް ފުރިހަމަކުރުމަށްޓަކައި މިހާރުވަނީ އިތުރު މަޢުލޫމާތުޝީޓެއް ތައްޔާރުކުރެވިފައެވެ.

މަޢުލޫމާތުޝީޓު ދޫކުރުމާއި މަޢުލޫމާތުޝީޓު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 11:45 އަށް ކަމުގައިވެސް ދަންނަވަމެވެ. މި ޝީޓު ފުރުމަށްފަހު 15 ޑިސެންބަރު 2016 ގެ ކުރިން ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016