މަސައްކަތް
ނަންބަރު: 188-SHRD/IUL/2016/111
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 08 ޑިސެންބަރު 2016 13:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އޮޑިޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

އޮޑިޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:

  • ބޭނުންވާ އަދަދު: 21
  • އުޖޫރަ (މަހަކަށް): -/4500 (ހަތަރުހާސް ފަސް ސަތޭކަ ރުފިޔާ)
  • މަސައްކަތުގެ ވަގުތު: ސަރުކާރުގެ ރަސްމީ ގަޑި
  • މުއްދަތު: 1 މަސްދުވަސް

ފެންވަރު ނުވަތަ ޝަރުޠު: ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މަސައްކަތާބެހޭ މަޢުލޫމާތު:

ކޮމިޝަނުން ތައްޔާރުކޮށްފައިވާ އޮޑިޓް ޓޫލެއްގެ އެހީގައި ސަރުކާރުގެ 7 މިނިސްޓްރީއެއްގެ އޮޑިޓްކުރުމުގައި އޮޑިޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުން.

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތްކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުއަށް ބަލައިގެންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ތަޢުލީމީ ފެންވަރު - %30
  2. މަސައްކަތުގެ ތަޖުރިބާ - %20
  3. އިންޓަރވިއު - %50

    - މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު

    - ސިވިލް ސަރވިސްގެ މިންގަނޑުތައް އެނގޭ މިންވަރު

ނޯޓް: ސިވިލް ސަރވިސްގެ އިދާރާއެއްގައި ނުވަތަ އެނޫން އިދާރާއެއްގައިވިޔަސް ހިއުމަން ރިސޯސް (މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމު) ގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާކަމުގެ ސިޓީ
  2. މަސައްކަތަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  3. މަސައްކަތަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. މަސައްކަތަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:                              

2016 ޑިސެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ) 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 2016 ޑިސެންބަރު 10 އާއި 2016 ޑިސެންބަރު 12 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

5 ރަބީޢުލްއައްވަލް 1438

 

04 ޑިސެންބަރު 2016