މަސައްކަތް
ނަންބަރު: GS110/IUL/2016/29
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 11 ޑިސެންބަރު 2016 10:30
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ދަރިވަރުންގެ ފާޚާނާތަކުގެ ބައެއް މަރާމާތުތައް ކުރުމަށް

އިޢުލާން

ދަރިވަރުންގެ ފާޚާނާތަކުގެ ބައެއް މަރާމާތުތައް ކުރުމަށް:

މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 ޑިސެންބަރު 23 ގައި ކުރި ނަންބަރު GS110/IUL/2016/27 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާތަކުގައި ބައެއް މަރާމާތުކުރަން ބޭނުންވެއެވެ. ވީމާ، މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

2016 ޑިސެންބަރު 11 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 ގައި.

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 ގައި.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540582 ނަންބަރު ފޯނާއެވެ.

01 ޑިސެންބަރު 2016