ދިވެހިރާއްޖެ
މި ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު (IUL)197-A1/1/2016/12 (1 މާރިޗު 2016) އިޢުލާނު ބާޠިލުކޮށް، މި މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.
ވަޒީފާގެ ފުރުޞަތު |
||
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް |
|
GS 3 |
ރޭންކް |
|
2 |
އަދަދު |
|
ސުޕްރީމް ކޯޓު |
މަސައްކަތްކުރަންޖެހޭ ތަން |
|
މަހަކު -/4465 ރުފިޔާ |
އަސާސީ މުސާރަ |
|
މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް މަހަކު -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް މަހަކު -/3000 (ތިންހާސް) ރުފިޔާ، އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސްތައް. |
މިމަޤާމަށް ލިބޭ އެލަވަންސް |
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން. |
އަސާސީ ޝަރުޠު |
|
1- މައްސަލައިގެ ފުލް ރިޕޯޓު ތައްޔާރުކޮށް، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން. 2- ޝަރީޢަތް ނިމުނު ގޮތުގެ ފުލް ރިޕޯޓަށް އެދޭ ޝީޓު ބެލެހެއްޓުމާ ގުޅޭ އެންމެހައި ކަންތައްތައް ކުރުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
1- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (މި ސެޓުފިކެޓުތަކާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް) |
ހުށަހަޅަންޖެހޭ ތަކެތި |
|
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 15:00 ގެ ކުރިން މިކޯޓަށް ފޮނުއްވުން އެދެމެވެ. |
ސުންގަޑި |
|
1- މި މަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލައި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 2- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. 3- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 4- މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓުގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ. މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 14 ޑިސެންބަރު 2016 އިން ފެށިގެންނެވެ. |
އިތުރު މަޢުލޫމާތު |