ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2016/61
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 08 ޑިސެންބަރު 2016 15:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު (IUL)197-A1/1/2016/41 (9 ޖުލައި 2016) އިޢުލާނު ބާޠިލުކޮށް، އަލުން މި މަޤާމަށް އިޢުލާނު ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް

GS 3

ރޭންކް

2

އަދަދު

ސުޕްރީމް ކޯޓު

މަސައްކަތްކުރަންޖެހޭ ތަން

މަހަކު -/4465 ރުފިޔާ

އަސާސީ މުސާރަ

މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް މަހަކު -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް މަހަކު -/3000 (ތިންހާސް) ރުފިޔާ، އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސްތައް.

މި މަޤާމަށް ލިބޭ އެލަވަންސް

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިއުމާއެކު، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

އަސާސީ ޝަރުޠު

1- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ބޭނުންވާ ޕްރޮޓޮކޯލްގެ އެންމެހައި އިންތިޒާމުތައް ބެލެހެއްޓުން.

2- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މީޓިންތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.

3- އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެހައި ކަންތައްތައް އިންތިޒާމުކޮށް ހަމަޖެއްސުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (މި ސެޓުފިކެޓުތަކާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ހުށަހަޅަންޖެހޭ ތަކެތި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ފޮނުއްވުން އެދެމެވެ.

ސުންގަޑި

1- މި މަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

2- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

3- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

4- މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓުގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ. މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 14 ޑިސެންބަރު 2016 އިން ފެށިގެންނެވެ.

އިތުރު މަޢުލޫމާތު

01 ޑިސެންބަރު 2016