މަސައްކަތް
ނަންބަރު: GS37/2016/77
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 08 ޑިސެންބަރު 2016 11:30
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި މަރުކަޒުގައި ބޭނުންކުރަމުން ގެންދާ އިސްކުރުބަރިތައް މަރާމާތުކުރަން ބޭނުންވެގެން ކުރި މި މަރުކަޒުގެ ނަންބަރު: GS37/2016/73(11.15.2016) އިޢުލާނާ ގުޅިގެން އެކަމަށް އެދި އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް އިޢުލާނު ކުރަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންނަށެވެ.

ވީމާ، މި މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

އާ އޮފީސް ޢިމާރާތުގެ މީޓިންގ ރޫމުގައި

މައުލޫމާތު ސާފުކުރެއްވުން

08 ޑިސެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 11.30 ގައި

އަންދާސީ ހިސާބުހުށަހެޅުއްވުމާއި، އަންދާސީހިސާބު ކެނޑުން.

15 ޑިސެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

01 ޑިސެންބަރު 2016

01 ޑިސެންބަރު 2016