ދިވެހިރާއްޖެ
އިޢުލާން
އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމާބެހޭ
"ލަގްޒަރީ ވެސެލް ރެޖިސްޓްރޭޝަން ރެގިއުލޭޝަން" އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ވެލާނާގޭ 11 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި މަސައްކަތަށް ބިޑް ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ، މަޢުލޫމާތު ކަރުދާހާއެކުގައިވާ "ބިޑް ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު، 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 00؛14 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޯސްޓް ގާޑާ ޖެހިގެން އިރަށް ހުންނަ އިމާރާތް) އަށެވެ. އަދި ބިޑު ހުށަހަޅާ ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމު ހިމަނާފައިނުވާ ބިޑުތައް ބަލައިނުގަނެވޭނެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7907600 ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.
02 ރަބީޢުލްއައްވަލް 1438