ދިވެހިރާއްޖެ
އިޢުލާން
މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އޮފީހުން ކޮށްފައިވާ ނަންބަރު 216-MPAO/I/2016/33 (13 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ޕްރޮޕޯސަލް ބަލައިގަތުން:
ތާރީޚު: 2016 ޑިސެންބަރު 14 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން.
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސުއިޓްސްގެ 6 ވަނަ ފަންގިފިލާ)
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ޓެކްނިކަލް ޕްރޮޕޯސަލްއާއި، ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅުއްވާނީ ވަކިވަކިންނެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވިފައިވާ ދުވަހަށް ޕްރޮޕޯސަލް މި އޮފީހުގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އަށް ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)
ހަވީރީ ހިނގުން، 20222
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރ: 1441
ފެކްސް: 3307759
އީމެއިލް: [email protected]