ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީން ހިންގާ ލ.ފޮނަދޫ ލިންކް ރޯޑް ޕްރޮޖެކްޓްގެ ސައިން ބޯޑުތައް ހެދުމަށްޓަކައި އެލްމިނިއަމް ޝީޓް މިނިސްޓްރީން ދޭ ސްޕެސިފިކޭޝަނަށް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 08 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 13 ވާ އަންގާރަ ދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢޫލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވެ މަޢޫލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004125 ފެކްސް:3004301
އީ-މެއިލް: [email protected]
ވެބް ސައިޓް: www.housing.gov.mv