ވަޒީފާގެ ފުރުޞަތު
ނަންބަރު: GS210/IUL/2016/57
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި: 20 ޑިސެންބަރު 2016 14:00
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު  

މި ސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމު

ރިލީފް ޓީޗަރ   

ބޭނުންވާ އަދަދު

8

މަސައްކަތް ކުރައްޖެހޭ ތަން/ ސެކްޝަން

އުނގޫފާރު ސްކޫލް/ އެކަޑެމިކް  

ލިބިލައްވާނެ މުސާރާއި އެލަވަންސް:

ތަފުސީލު

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަ ކުރުން ކަމަށްވާނަމަ

-/4500 ރ. (މަހަކު)

-/1500 ރ. (މަހަކު)

މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކުރުންކަމަށްވާނަމަ

-/5500 ރ. (މަހަކު)

-/1500 ރ. (މަހަކު)

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކުރުން ކަމަށްވާނަމަ

-/6090 ރ. (މަހަކު)

-/2500 ރ. (މަހަކު)

މަޤާމުގެ ޝަރުޠުތައް:

1- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ހާސިލްކޮށްފައިވުން ނުވަތަ

2- ޖީސީއީ އޭލެވެލް ނިންމާފައިވުން  ނުވަތަ

3- ޖީސީއީ އޯލެވެލް ނިންމާފައިވުމާއި، ދިވެހި، އިސްލާމް އިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މި ވަޒީފާއަށް މީހުން ހޮވުމުގައި ނިއު ކަރުކިއުލަމް ވޯރކްޝޮޕް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ހަވާލުކުރެވޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި މުޤައްރަރުގައިވާ ބައިތަކަށް ބަލައިގެން ސްކީމް އޮފް ވޯކް އެކުލަވައިލުން.

2- ކިޔަވައިދޭން ހަވާލުކުރާ މާއްދާތައް ކިޔަވައިދެއްވުމަށްޓަކައި ސްކޫލުން އަންގާ ގޮތެއްގެ މަތީން ލެސަންޕްލޭން ހައްދަވައިގެން ކުލާސްހުގައި ކިޔަވައިދިނުން.

3- ދަރިވަރުންނަށް ކިޔަވައިދޭ މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރު ދެންނެގަތުމަށްޓަކައި ސްކޫލްގެ އެސެސްމެންޓް ޕޮލިސީއާ އެއްގޮތްވާގޮތުގެ މަތީން އެސެސްމެންޓްތައް ދިނުމާއި އެސެސްމެންޓްތަކުގެ ރެކޯޑުތައް ބެލެހެއްޓުން.

4- ކިޔަވައިދޭ ކުލާސްތަކުގެ ދަރިވަރުންގެ ހެދިބޮޑުވާ މިންވަރު ބެލެހެއްޓުމާއެކު ދަރިވަރުންގެ އުޅުމުގެ ކަންކަން ދުވަހުން ދުވަހަށް ލީޑިންގ ޓީޗަރުންނަށް ރިޕޯޓްކުރުން.

5- ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ ނަމޫނާއަކަށްވުން.

ހުށަހަޅަންޖެހޭ މަޢުލޫމާތުތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދެފުށުގެ ސާފު ކޮޕީ (މުއްދަތު ހަމަނުވާ ކާޑުގެ)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު އަދި ކޮޕި (އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުގެ ކޮޕީ، އެކްރެޑިޓް ކޮށްފައިނުވާ ސެޓުފިކެޓު، އެޕްލިކޭޝަން ފޯމާއެކު ސެޓުފިކެޓުތަކުގެ އަސްލު ގެނައުމުން އެކްރެޑިޓް ކޮށްދެވޭނެއެވެ. އަދި ސެޓުފިކެޓުތަކުގެ އޮރިޖިނަލް ގެނައުމުން ސްކޫލް އިން އެޓެސްޓްކޮށް ދެވޭނެއެވެ.)
  •  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ކަރިކުއުލަމް ވިޓާ (ސީވީ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ އަސްލު. އަދި އެ ލިޔުންތަކުގެ ކޮޕީ
  • ވަޒީފާ އަދާކުރައްވާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޒިރީއާއި، މަސައްކަތު އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު ހުށަހަޅަންވާނެއެވެ.
  • ސިވިލް ސާރވިސްގެ ވަޒީފާއަށް ވަންނަން އެދޭފޯމު
  • ޕާސްޓްޕޯޓް ސައިޒުގެ އެއްފޮޓޯ

އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6580262 މި ނަންބަރު ފޯނާއެވެ.
  • ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ އެ ފޯމު ބާޠިލުކުރެވޭނެއެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި ސްކޫލުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
  • މި މަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.
  • ތައުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، ނަމޫނާ ސީވީ މި އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:

  • ކަނޑައެޅިފައި އޮންނަ އުސޫލެއްގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބިވަޑައިގަންނަވާނެއެވެ.

ސުންގަޑި:

  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން 2016 ޑިސެންބަރު 20 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން މި ސްކޫލަށް ފޯމު ހުށައަޅަންވާނެއެވެ.

އިންޓަވިޔު ކުރެވޭނެ ތަނާއި ތާރީޚު:

  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުން އިޢުލާނުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭ އޮންނާނެއެވެ. އިންޓަރވިއުކުރެވޭނެ ގަޑި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެންގޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އަންގައި އިޢުލާން ކުރީމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016