ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގައި ސެޓިފިކޭޝަން ބޮޑީއެއް ޤާއިމsކުރުމާގުޅޭ
މި މިނިސްޓްރީގެ ނަންބަރު: (IUL)101-FT/1/2016/167 (21 ސެޕްޓެންބަރު 2016) އިޢުލާނާއި، ނަންބަރު: (IUL)101-FT/1/2016/193 (31 އޮކްޓޫބަރު 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (EOI) ލިބިފައި ނުވާތީ، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ދިވެހި ވިޔަފާރިތައް އިތުރުކޮށް، ހިންގުންތެރިކަން ހަރުދަނާކުރުމަށް އެހީތެރިވެދިނުމާއި، ދިވެހި ވިޔަފާރިތަކަށް ISO ގެ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށްޓަކައި ރާއްޖޭގައި ސެޓިފިކޭޝަން ބޮޑީއެއް ޤާއިމްކުރުމަށް ބޭނުންވެއެވެ.
މިގޮތުން ޤާއިމުކުރެވޭ ސެޓިފިކޭޝަން ބޮޑީއަށް ރާއްޖެއިން ބޭރުގެ ސެޓިފިކޭޝަން ބޮޑީއެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގައި ޤާއިމުކުރެވޭ ސެޓިފިކޭޝަން ބޮޑީގައި މަސައްކަތްކުރާނެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް މިމިނިސްޓްރީން ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ސެޓިފިކޭޝަން ބޮޑީ، އަމިއްލަ ޚަރަދުގައި ޤާއިމުކޮށް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (EOI) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވައި، "ރާއްޖޭގައި ސެޓިފިކޭޝަން ބޮޑީއެއް ޤާއިމު ކުރުމުގެ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މިހެން ސިޓީއުރައިގެ ބޭރުގައި ލިޔުމަށް ފަހު، 2016 ޑިސެންބަރު 15 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ.
ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
29 ޞަފަރު 1438