ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)56-CAS/1/2016/28
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 18:18
ސުންގަޑި: 08 ޑިސެންބަރު 2016 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: ލައިބްރޭރިއަން

މުސާރަ: މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

މަޤާމުގެ ރޭންކް: 

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1 (އެކެއް)

ސެކްޝަން: ކަލެކްޝަން އެންޑް ސަރވިސަސް ސެކްޝަން، ލައިބްރަރީ ސަރވިސް ޔުނިޓް

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީ ކުތުބުޚާނާ، މާލެ

މަޤާމުގެ ޝަރުޠު:

1. ލައިބްރަރީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ލައިބްރަރީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ލައިބްރަރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. ލައިބްރަރީގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ނޯޓް: ލައިބްރަރީގެ ދާއިރާގައި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1. ކަލެކްޝަންތައް ބަލަހައްޓަން ތިބޭ މުވައްޒަފުންގެ މަސައްކަތް (ޝެލްފް ތަރުތީބުކުރުމާއި، ހަވާލުކޮށްފައިވާ އެހެން މަސައްކަތް، މިސާލަކަށް އިންޑެކްސްކުރުން) ދުވަހުން ދުވަހަށް ސުޕަވައިޒްކުރުން.

2. ކަސްޓަމަރުން ހޯދަން އެދޭ މަޢުލޫމާތުތަކާއި، ލައިބްރަރީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މެންބަރޝިޕް ރެޖިސްޓްރޭޝަނާއި އެހެނިހެން މުހިންމު ސްޓެޓިސްޓިކްސް ޝީޓް އެކުލަވައިލުމުގެ މަސައްކަތްކުރުވުމާއި، މިގޮތުން ލިބޭ މަޢުލޫމާތު ރިކޯޑުކުރޭތޯ ބަލައި، އެނަލައިޒްކޮށް، ޔުނިޓު ހެޑާ ހިއްސާކުރުން.

3. ކަސްޓަމަރުންނަށް މަޢުލޫމާތު ހޯދައިދިނުމަށްޓަކައި އޯޕެކުގެ އެހީގައްޔާއި އެހެނިހެން ގޮތްގޮތުން ކަސްޓަމަރުންނަށް ލަފާދީ މަޢުލޫމާތު ހޯދައިދިނުމުގައި އެހީތެރިވުުން.

4. އިންޓަނެޓް މެދުވެރިކޮށް ދެވޭ ޚިދުމްތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

5. ކަސްޓަމަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ވަގުތުން ޙައްލު ނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ، ޔުނިޓްގެ ހެޑަށް އަންގައި ޙައްލުކޮށް، އޭގެ ރިކޯޑް ބެލެހެއްޓުން.

6. ލައިބްރަރީ އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބްރޭރިއަން

މުސާރަ: މަހަކު-/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

މަޤާމުގެ ރޭންކް: 

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

ބޭނުންވާ އަދަދު: 1 (އެކެއް)

ސެކްޝަން: ކަލެކްޝަން އެންޑް ސަރވިސަސް ސެކްޝަން، ޗިލްރަންސް މަލްޓިމީޑިއާ ލައިބްރަރީ

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީ ކުތުބުޚާނާ (ޗިލްރަންސް މަލްޓިމީޑިޔާ ލައިބްރަރީ)، މާލެ

މަޤާމުގެ ޝަރުޠު:

- ލައިބްރަރީ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1. ސަރކިއުލޭޝަން ކައުންޓަރުގެ މަސައްކަތް ކުރުން.

2. ރިފަރެންސް ސަރވިސްގެ ޚިދުމަތް ދިނުން.

3. މެންބަރޝިޕް ރެޖިސްޓްރޭޝަން ހަދައިދިނުން.

4. ދުވަހުން ދުވަހަށް ތަފާސް ހިސާބުތައް ރިކޯޑްކުރުން.

5. ސަރވިސް ކައުންޓަރަށްް ލިބޭ ފައިސާއަށް ރަސީދު ހަދައި ރެކޯޑް ބެލެހެއްޓުން.

6. ލިބޭ ފައިސާ، ތިޖޫރިއާ ހަވާލުވެހުންނަ މުވައްޒަފާާ ދުވަހުން ދުވަހަށް ހަވާލުކުރުން.

7. ލައިބްރަރީގެ ޚިދުމަތްދޭ ކަލެކްޝަންތައް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ އުސޫލުން ޑިއުޓީ އަދާކުރުން.

8. ޝެލްވިންގއާބެހޭ މަސައްކަތްކުރުން.

9. ކަސްޓަމަރުންނަށް ފޮޓޯކޮޕީ/ސްކޭންކުރުމުގެ ޚިދުމަތްދިނުން.

ނޯޓް: ލައިބްރަރީގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެެވެ.

 

ނޯޓު: 

-  މި މަޤާމުތަކަށް ޝަރުޠު ހަމަވާ މީހުން ހޮވުމުގައި، މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. 

- މި މަޤާމުގެ އިންޓަވިއު އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، ޤައުމީ ކުބުޚާނާގެ މީޓިންގ ރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

- މި  މަޤާމުތަކަަށް  ހޮވޭ  މުވައްޒަފުން  މަސައްކަތް  ކުރަންޖެހޭނީ،  ހެނދުނު  9:00  އާއި  18:00  އާ  ދެމެދު،  ޤައުމީ  ކުތުބުޚާނާއިން ކަނޑައަޅާ ޑިއުޓީއަކަށް، ދުވާލަކު 6 ގަޑިއިރުއެވެ. އަދި އެ މުވައްޒަފުން ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާންޖެހޭނެއެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލުމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  ޤައުމީ  ކުތުބުޚާނާގެ www.nlm.gov.mv ގެ  ވެބްސައިޓުންނާއި،  ސިވިލް  ސަރވިސް  ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލިމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރިޑެޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރިޑެޓްކުރާކަށެއް ނުޖެހޭނެއެވެ) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްތުގެ ތަޖުރިބާ  ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނޭހެން ނަގާފައިވާ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:

2016 ޑިސެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

އެޕްލިކޭޝަން ހުށަހަޅަންވީ ތަން:

ޤައުމީ ކުތުބުޚާނާ (މެދުޒިޔާރަތް މަގަށް ހުންނަ ދާރުލްއާޘާރުގެ އިމާރާތް)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، 3323944 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

28 ޞަފަރު 1438

28 ނޮވެންބަރު 2016