ދިވެހިރާއްޖެ
އިޢުލާން
ނީލަން ކިއުމާބެހޭ
އައިޓީއާ ގުޅޭ ބައެއް ތަކެތި ސިޓީލާ ނީލަމުގައި ވިއްކުމަށްޓަކައި 15 ނޮވެންބަރު 2016 ގައި ނަންބަރު B/IUL/2016/321-FNK އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/2,000 ރ (ދެހާސް ރުފިޔާ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/100 ރ (އެއްސަތޭކަ ރުފިޔާ) އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2016 ޑިސެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން އެ ތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު ލިޔުއްވައި، ސިޓީއުރައެއްގައި ބަންދުކޮށް 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ.
މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލުކޮށް، އަލުން އެ ތަކެތި ނީލަމަށްލެވޭނެ ކަމަށާއި، ހަތަރުވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
02 ރަބީޢުލްއައްވަލް 1438