މަސައްކަތް
ނަންބަރު: GS57/2016/32
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:52
ސުންގަޑި: 06 ޑިސެންބަރު 2016 13:30
ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެދި

1. ތިރީގައި ދެންނެވިފައިވާ ކަންތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތް

1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 ގެ ނިޔަލަށް މި ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުން.

2. މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 2016 ޑިސެންބަރު 06 ވާ އަންގާރަދުވަހުގެ 13:30 ގައި، މި ސްކޫލުގެ ކޮންޕިޔުޓަރލެބްގައެވެ. އަދި މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

3. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:30 ގައި، މި ސްކޫލުގެ ކޮންޕިޔުޓަރ ލެބްގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި، ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު

  ފޯން: 6580097

  އީމެއިލް: [email protected]

28 ނޮވެންބަރު 2016