މަސައްކަތް
ނަންބަރު: (IUL)253/253/2016/125
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 15 ޑިސެންބަރު 2016 11:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމް ކުރުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިރަށު ބަނދަރު ސަރަޙައްދުގައި، ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ކޮށްފައިވާ މި އިދާރާގެ ނަންބަރު: (IUL)253/253/2016/116 (8 ނޮވެންބަރު 2016) އިޢުލާނުގައި އިތުރު ބައެއް ހިމެނިފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

  1. ހއ.މާރަންދޫގެ ބަނދަރު ސަރަޙައްދުގައި، ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
  2. ބީލަންފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 9:30 އިން 14:00 އަށް ހއ.މާރަންދޫ ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
  3. މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި ހއ.މާރަންދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 11:00 ގައި ހއ.މާރަންދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި، ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

    ހ. "(ރަށުގެ ނަން) ގެ (ކަޅުހަން ބަހައްޓަން ބޭނުންވާ ސަރަޙައްދުގެ ނަން) ގައި، ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

    ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

    ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

23 ޞަފަރު 1438

23 ނޮވެންބަރު 2016