މަސައްކަތް
ނަންބަރު: GS-190/2016/31
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:03
ސުންގަޑި: 04 ޑިސެންބަރު 2016 13:00
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދަނބިދޫ ސްކޫލް މަރާމާތު ކުރުމާބެހޭ

ދަނބިދޫ ސްކޫލުގައި ކުރުމަށްހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދަނބިދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  1. ޕާޓިޝަން މަރާމާތުކުރުން
  2. ދޮރުތައް މަރާމާތުކުރުން
  3. ސްކޫލް އިމާރާތުގެ ކަރަންޓް ވަޔަރިންގ
  4. ފެންހަންތައް މަރާމާތުކުރުން / ދިޔަދޮވި މަރާމާތުކުރުން
  5. ކްލާސްރޫމުގެ ފަންކާތައް ބަދަލުކުރުން
  6. ފާޚާނާ މަރާމާތުކުރުން

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 13:00 ގައި ދަނބިދޫ ސްކޫލް

2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:00 ގައި ދަނބިދޫ ސްކޫލް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެންމެ އަންދާސީހިސާބެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800740 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

28 ނޮވެންބަރު 2016