ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުގެ ނަންބަރު: GS-171/IUL/2016/26 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
މި ސްކޫލުގެ ދަރިވަރުންގެ 3 ފާޚާނާއާއި މުވައްޒަފުންގެ ފާޚާނާ މަރާމާތުކުރުމަށް ބޭނުންވާތީ، މި ސްކޫލުން ތަކެތި ދިނުމުން އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެވިދާނޭ ފަރާތްތަކުން 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތުދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މީގެ އިތުރުން މިކަމަށް އެދޭ ފަރާތުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
2 ރަބީޢުލްއައްވަލް 1438