މަސައްކަތް
ނަންބަރު: TCL/PROC-TA/2016/041
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 06 ނޮވެންބަރު 2016 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށީގައި ކްލިނިކެއް ހިންގާނެ ފަރާތެއް ހޯދުން

އިޢުލާން

ތިލަފުށި ކޯޕަރޭޝަނުން ކ.ތިލަފުށީގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކުރެވޭ މެޑިކަލް ކްލިނިކް ހިންގާނެ ފަރާތެއް ހޯދަން ބޭނުން ވެގެން ހުޅުވާލި ފުރުޞަތު (TCL/PROC-TA/2016/36) ގައި އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޓީސީއެލް ހެޑް އޮފީސް

04 ދުވަސް (ރަސްމީ)

1 ޑިސެންބަރު 2016 އިން 6 ޑިސެންބަރު 2016 އަށް

09:00 އިން 15:00

ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

ބުދަ

7 ޑިސެންބަރު 2016

10:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

ބުދަ

14 ޑިސެންބަރު 2016

10:30 ގައި

އަންދާސީހިސާބު ހުށަހެޅުމާ ގުޅޭ:

  • ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ހުށަހަޅުއްވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިކަމަށް ބީލަން ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016