ދިވެހިރާއްޖެ
އިޢުލާން
02 ވޮލީކޯޓު އަޅައިދޭނެ ފަރާތެއް ހޯދުން:
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން އއ.ފެރިދޫގައި ޤާއިމުކުރެވޭ 2 ވޮލީކޯޓު އަޅައިދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ކުރި ނަންބަރު A/IUL/344/2016/93 (9 ނޮވެންބަރު 2016) އިޢުލާންއާއި ގުޅިގެން ބިޑް ހުށައަޅާފައިވަނީ 2 ފަރާތުންކަމަށްވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މިކަމަށް އިޢުލާންކުރީމެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 9:30 އަށް މި ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 9:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލުގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
27 ޞަފަރު 1438