މަސައްކަތް
ނަންބަރު: IUL-D/423/2016/64
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 12 ޑިސެންބަރު 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދު ސާފުކޮށްދޭނެ މީހުން ހޯދުމާބެހޭ

އިޢުލާން

ފަރެސްމާތޮޑާގެ އިޖުތިމާޢީ ސަރަޙައްދު ސާފުކޮށްދޭނެ މީހުން ހޯދުމާބެހޭ

2016 ވަނަ އަހަރެކޭ އެއްފަދައިން 2017 ވަނަ އަހަރުވެސް ފަރެސްމާތޮޑާގެ އިޖުތިމާޢީ ސަރަޙައްދު ސާފުކޮށްދޭނެ މީހުން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު: 20 މީހުން     އަވަށް: ފަރެސްއަވަށް 10 ،  މާތޮޑާއަވަށް 10

ވީމާ، މިކަމަށް ޝައުޤުވެރިވެ، މި މަސައްކަތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ އަންގާރަދުވަހުގެ 14:00 އަށް ފަރެސްމާތޮޑާގެ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން އެކަން ބަޔާންކޮށް، މި އިދާރާއަށް ސިޓީ ފޮނުއްވައިދެއްވުން އެދެމެވެ.

ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަ މީހުން މިކަމަށް އެދި ކުރިމަތިލައިފިނަމަ، 20 މީހުން ހޮވާނީ، ދެއަވަށް ވަކިން ގުރުއަތުލައިގެން އަވަށަކަށް 10 މީހުންނެވެ. އަދި ގުރުއަތުން މިކަމަށް ހޮވޭ 20 މީހުންގެ ތެރެއިން ކޮންމެ އަވަށަކަށް 1 ސަރުދާރަކު ހޮވޭނެއެވެ.

މި މަސައްކަތުގެ އެލަވަންސެއްގެ ގޮތުގައި މަހަކު -/700 ރުފިޔާ ދެވޭނެއެވެ. އަދި މިމަސައްކަތަށް މީހުން ހޮވުމުގައި މީގެކުރިން މިފަދަ މަސައްކަތްތަކުގައި ބައިވެރިވެ ރަނގަޅަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޞަފަރު 1438

28 ނޮވެންބަރު 2016