މަސައްކަތް
ނަންބަރު: TCL/PROC-TA/2016/040
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 07 ޑިސެންބަރު 2016 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެބްސައިޓް ޑިވެލޮޕްކުރުން

އިޢުލާން

މި ކޯޕަރޭޝަނުގެ އާ ވެބްސައިޓް ފަރުމާކޮށް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ވެބްސައިޓް ޑިވެލޮޕްކުރުމުގެ ޤާބިލުކަން ހުރި އެންމެހައި ފަރާތްތަކުން މި ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓަރީ ކުރެއްވުމަށް ދަޢުވަތު އަރުވަމެވެ.  

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ރަޖިސްޓަރީ ކުރެއްވުމަށް

ޓީސީއެލް ހެޑް އޮފީސް

05 ދުވަސް (ރަސްމީ)

1 ޑިސެންބަރު 2016 އިން 7 ޑިސެންބަރު 2016 އަށް

09:00 އިން 15:00

ޕްރީ ބިޑް މީޓިންގއާއި، ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

ބުރާސްފަތި

8 ޑިސެންބަރު 2016

10:30 ގައި

ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

ބުރާސްފަތި

15 ޑިސެންބަރު 2016

10:30 ގައި

އަންދާސީހިސާބު ހުށަހެޅުއްވުމާގުޅޭ:

  • ބީލަން ހުށަހަޅުއްވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާޓްމަންޓާ ގުޅުއްވުން އެދެމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016