ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން:
މި ސްކޫލުގެ ނަންބަރު GS-65-A/2016/43 (16 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، 2017 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތް ކުރުމަށް އެދި ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
ވިލުފުށީ ސްކޫލުގެ އޮފީސް |
12 ޑިސެންބަރު 2016 |
ހޯމަ |
9:00 |
އަންދާސީހިސާބު ހުށަހެޅުން |
ވިލުފުށީ ސްކޫލުގެ އޮފީސް |
15 ޑިސެންބަރު 2016 |
ބުރާސްފަތި |
9:00 |
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް ހާޒިރުވާނަމަ، އެ ކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
75 މާކްސް |
ހުށަހަޅާ އަގަށް ދެވޭ މާކްސް މާކްސްދެވޭނީ އަންދާސީހިސާބުހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް. |
(Benchmark Price / Submitted Price) x Allocated Percentage |
ތަޖުރިބާ |
15 މާކްސް |
ތަޖުރިބާއަށް ދެވޭ މާކްސް މާކްސްދެވޭނީ އަންދާސީހިސާބުހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) މުއްދަތުގެ ތެރެއިން އެންމެ ދިގުމުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގުމުއްދަތަށް. |
(Submitted experience duration / Benchmark experience duration) x Allocated Percentage |
މުވައްޒަފުން |
10 މާކްސް |
ސެކިއުރިޓީންގެ ގޮތުގައި ބޭނުންކުރާ މުވައްޒަފުން އަންދާސީހިސާބުހުށަހަޅާ ކޮންމެ ފަރާތަކުންވެސް މަދުވެގެން 3 ވޮޗަރުން ގެންގުޅެން ޖެހޭނެއެވެ. މިގޮތުން އިތުރަށް ބޭނުންކުރާ ވޮޗަރުންނަށް މާކުސްދޭނީ ހުށަހަޅާ ހުށަހެޅުންތަކުން އެންމެ ގިނަ ވޮޗަރުން ބޭނުންކުރުމަށް ހުށަހަޅާ އަދަދު އެއީ ބެންޗްމާކު އަދަދު ކަމުގައި ބަލައިގެން ހުށަހަޅާ އަދަދުން ލިބޭ % އެއް. މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ގިނަ ވޮޗަރުން ހުށަހަޅާ ފަރާތަށެވެ. |
(Number of Security Officers / Bench Mark) x Allocated Percentage |
29 ޞަފަރު 1438